އދ. އަތޮޅު ރަށްރަށުގެ ރަށުކައުންސިލްތައް މޮނިޓަރ ކުރުމަށް އަތޮޅުކައުންސިލުން ހިންގާ ޕްރޮގްރާމް ފަށައިފި.

 

އދ. އަތޮޅުގެ ރަށްރަށުގެ ރަށުކައުންސިލްތައް މޮނިޓަރ ކުރުމަށް ކޮންމެ އަހަރަކު އަތޮޅުކައުންސިލުން ހިންގާ ޕްރޮގްރާމް 2023 އޮކްޓޯބަރ 18 ގައިވަނީ ފަށާފައެވެ. މިގޮތުން މިއަހަރު އެންމެ ފުރަތަމަ މޮނިޓަރ ކުރުމަށް ހަމަޖެހިފައިވަނީ އދ. މަންދޫ ކައުންސިލްގެ އިދާރާއެވެ. މިޕްރޮގްރާމްގެ ދަށުން މި ފެށޭ ނޮވެމްބަރ މަހުގެ ނިޔަލަށް އަތޮޅުގެ ހުރިހާ ރަށެއްގެ ރަށުކައުންސިލް އިދާރާތައް މޮނިޓަރކޮށް ނިންމުމަށްވަނީ ހަމަޖެހިފައެވެ. ރަށްރަށުގެ ރަށު ކައުންސިލް އިދާރާގެ އިދާރީ ހިންގުމާއި، ފައިސާގެ މުޢާމަލާތްތައް ކޮށްފައިވާ ގޮތްބަލައި، ރަނގަޅުކުރަންޖެހޭ ކަންކަން ފާހަގަކޮށް ރިޕޯޓެއް އެކުލަވާލައި، އެ ރިޕޯޓްތައް ރަށުކައުންސިލްތައް ފޮނުވާގޮތަށްވަނީ ހަމަޖެހިފައެވެ. 

އޮކްޓޯބަރ 18 އިން 19 އަށް އދ. މަންދޫ ކައުންސިލްގެ އިދާރާ މޮނިޓަރ އަދި އޮކްޓޯބަރ 23 އިން 25 އަށް އދ. ދިއްދޫ ކައުންސިލް އިދާރާ މޮނިޓަރ ކުރުމުގެ މަސައްކަތްވަނީ ނިންމާލާފެއެވެ. އޮކްޓޫބަރ 29 އިން ނޮވެމްބަރ 02 އަށް މޮނިޓަރިން ޓީމު މަސައްކަތްކުރާނީ އދ. ފެންފުށި އަދި އދ. މާމިގިލީ ކައުންސިލްގެ އިދާރާގައެވެ.

ފަހުގެ ޚަބަރު