ޚިދުމަތް | ޚިދުމަތް ހޯދަންވީ ގޮތް | ޚިދުމަތުގެ ފެންވަރާއި މުއްދަތު |
ކައުންސިލަށް އެކި ކަންކަމުގައި ޚިޔާލާ، މަޝްވަރާއާ، ޝަކުވާ ހުށަހެޅުން | ކައުންސިލަށް ވަޑައިގެން ސިޓީ ހުށަހެޅުއްވުން (ރަސްމީ ގަޑީގައި) ނުވަތަ ކައުންސިލްގެ ރަސްމީ އީމެއިލް admin@adh.gov.mv އަށް އީމެއިލް ކުރެއްވުން، ނުވަތަ މެސެޖްގެ ޒަރިއްޔާއިން | މައްސަލައިގެ ކުޑަ/ބޮޑު މިނަށްބަލާ އެއްދުވަހާ ތިން ދުވަހާ ދުވަހާ ދެމެދު މުއްދަތެއް |
ފައިސާ ބަލައިގަތުން | ކައުންސިލަށް ވަޑައިގެން ފައިސާ ދެއްކުން. ރަސްމީ ކޮންމެ ދުވަހަކު ހެނދުނު 08:30 ން 12:30 އަށް. ފައިސާ ޓްރާންސްފަރ ކުރުން. ރަސްމީ ކޮންމެ ދުވަހެއްގެ 13:30 ގެކުރިން. | ހުށަހެޅުމުން ވަގުތުން ފައިސާ ބަލައިގެންފައިދޭ ރަސީދު ދޫކުރެވޭނެ. 13:30 ގެ ކުރިން ޓްރާސްފަރ ކުރާ ފައިސާގެ އެ ދުވަހު ދޫކުރެވޭނެ. އޭގެ ފަހުން ޓްރާންސްފަރ ކުރާ ފައިސާގެ ރަސީދު ޖެހިގެން އަންނަ ރަސްމީ ދުވަހު. |
އައި.ޑީ ކާޑު ހެއްދުމަށް އެހީތެރި ވެދިނުން | އޮންލައިން ކޮށް ރަސްމީގަޑީގައި | ޑީ.އެން.އާރު އިން ކާޑު ނަންގަވާނަމަ ނުވަތަ ރަށުކައުންސިލަކުން ކާޑު ނަންގަވާނަމަ 1 ހަފްތާ ނުވަތަ 2 ހަފްތާ ނުވަތަ އޮންލައިންކޮށް މެސެޖު އައުމުން |
ކަނޑުގައި ދުއްވާތަކެތީގެ ލައިސަންސަށް އެދި ހުށަހަޅުން. | ފޯމް ފުރުއްވައި ޕާސްޕޯޓް ސައިޒްގެ 1 ފޮޓޯ، އައި.ޑީ.ކާޑްގެ އަސްލު ކޮޕީއަކާއެކު އަދި ނިޔަމި ސެޓްފިކެޓް ރަސްމީ ދުވަހުގެ 12:00 ގެ ކުރިން ހުށަހަޅުއްވައި އިމްތިޙާން ފީ ދެއްކެވުން. ކަނޑު އުޅަނދު ދުއްވުމުގެ ޓެސްޓް އޮންނާނީ ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހުގެ ހެނދުނު 12:00 ން 13:30 އަށް. (ފޯމް ކައުންސިލްގެ އިދާރާއިން ނުވަތަ ކައުންސިލްގެ ވެބްސައިޓް www.adh.gov.mv އިން ޑައުންލޯޑްކުރެވޭނެއެވެ.) | ދުއްވުމުގެ ޓެސްޓުން ފާސްވުމުން ގިނަވެގެން 5 ދުވަހުގެ ތެރޭގައި ލައިސަންސް ދޫކުރުން. |