ތަޢާރަފް

މިއިދާރާ އުފައްދަވާފައިވަނީ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމަށްޓަކައި، އުފައްދާފައިވާ އަތޮޅު ކައުންސިލްގެ ވާޖިބުތައް އަދާކުރުމަށް އެހީތެރިވެދީ، އިދާރީ ކަންކަން ކުރުމަށްޓަކައެވެ.

 

އަތޮޅު ކައުންސިލް އުފެދުމުގެ ކުރީން، މިއޮފީސް ހިނގަމުން އައީ، އަތޮޅު އޮފީހުގެ ނަމުގައެވެ. އަތޮޅު އޮފީހަކީ، ޤާނޫނު ނަންބަރު: 68/1ޖ. (އޮފިޝަލް ކަންތައްތައް، ޗެޕްޓަރ 1) ގެ 3 ވަނަ މާއްދާގެ (ބ) ގެ ދަށުން އުފެދިގެން އައި އޮފީހެކެވެ.

 

އަތޮޅު ކައުންސިލަކީ، އަމިއްލަ ނަމުގައި ދަޢުވާ ކުރުމާއި، ދަޢުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ އަދި އަމިއްލަ ނަމުގައި މުއަމަލާތު ކުރުމުގެ ހައިސިއްޔަތު ލިބިފައިވާ ވަކި ސިއްކައެއް އޮންނަ، ޤާނޫނީ ޝަޚްސެކެވެ. އަތޮޅު ކައުންސިލަކީ، ކައުންސިލް ނިސްބަތްވާ އިދާރީ ދާއިރާ ހިންގުމުގެ އެންމެ އިސްފަރާތެވެ.