“ސަލަފް ރިޙްލާ 2025” އދ. އަތޮޅުގައި ބޭއްވުމުގެ ފަހުމުނާމާގައި ސޮއިކުރައްވައިފި

ސަލަފް ރިޙްލާ 2025 އަރިއަތޮޅު ދެކުނުބުރީގައި ބޭއްވުމަށް އދ. އަތޮޅު ކައުންސިލާއި ޖަމުޢިއްޔަތުއްސަލަފާ ދެމެދު ފަހުމުނާމާގައި މިއަދު (01 އޮކްޓޯބަރު 2025) ގައި ސޮއިކުރައްވައިފިއެވެ. މި ފަހުމުނާމާ އަކީ އަރިއަތޮޅު ދެކުނުބުރީގައި އަތޮޅުގެ އެއްބައިވަންތަކަމާއި ދީނީ ހޭލުންތެރިކަމާއި އަދި ފަންނުވެރިކަން ކުރިއަރުވާ އިތުރުކުރުމަށް ކުރިޔަށް ގެންދަން ޤަސްދުކޮށްފައިވާ ސަލަފް ރިޙްލާ 2025، އދ. އަތޮޅުގެ ރަށްތަކުގައި ބޭއްވުމުގެ މަތިވެރި މަޤްޞަދުގައި ސޮއިކުރައްވާފައިވާ ފަހުމުނާމާއެކެވެ. ސަލަފް ރިޙްލާ ޕްރޮގްރާމަކީ ދިވެހި ރާއްޖޭގެ ރައްޔިތުން ހޭލުންތެރިކޮށް ދީނީ އަދި ފަންނީ ހުނަރުތަކަށް އަހުލުވެރިކޮށް ތަހުޒީބު މުޖުތަމަޢުއެއް ބިނާކުރުމުގެގޮތުން ގިނަގުނަ ހަރަކާތްތަކެއް އެކުލެވޭނޭގޮތުން އަތޮޅު ފެންވަރުގައި ޖަމުޢިއްޔަތުއްސަލަފްގެ ފަރާތުން އިންތިޒާމުކުރާ އިޖުތިމާއީ ހަރަކާތެކެވެ. ސަލަޕް ރިޙްލާ ޕްރޮގްރާމް އދ. އަތޮޅުގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 2025 އޮކްޓޯބަރު 30 އިން ނޮވެމްބަރު 3 ގެ ނިޔަލަށެވެ.

ފަހުގެ ޚަބަރު