އދ. އަތޮޅުގައި ރުއްގަސް އާލާކުރުމުގެ 2 ވަނަ ޕްރޮގްރާމް ބާއްވައިފި.

މި ޕްރޮގްރާމަކީ މި ކައުންސިލްގެ 2025 ވަނަ އަހަރުގެ މަސައްކަތު ތާވަލުގައި ހިމަނާފައިވާ ރުއްގަސް އާލާކުރުމާއި،  އަތޮޅުން ނެތެމުންދާ ގަސްގަހާގެހި ޙިމާޔަތްކޮށް އާލާކުރުމާއި އަދި ރައީސުލްޖުމްހޫރިއްޔާ  ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއް ކަމުގައިވާ 5 އަހަރުތެރޭ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން މިއަތޮޅު މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އަމާޒުކޮށްގެން ހިންގާފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި މިއަތޮޅުގެ 8 ރަށުން ވަނީ ބައިވެރިވެފައެވެ.

މި ޕްރޮގްރާމްގައި ބައިވެރިވި ހަންޏާމީދު، އޮމަދޫ، ކުނބުރުދޫ، މަހިބަދޫ، މަންދޫ، ދަނގެތި، ފެންފުށި، މާމިގިއްޔަށް ވަނީ ޖުމްލަ 465 ގަސް މިކައުންސިލުން ހަދިޔާކޮށްފައެވެ.

މި ޕްރޮގްރާމްގެ ދަށުން ހުރިހާ ރަށެއްގައި ގަސްއިންދުން ކުރިޔަށް ގެންދިޔުމަށް ޚާއްޞަ ކޮށްފައިވަނީ މިއަހަރުގެ ދަނޑުވެރިންގެ ދުވަހުގައެވެ. މި ޕްރޮގްރާމްގައި މި އިދާރާއިން ބައިވެރިވެ ދަނޑުވެރިންގެ ދުވަހުގައި މި އިދާރާގެ މުވައްޒަފުން ވެސް ވަނީ ގަސްއިންދާފައެވެ.

 

ފަހުގެ ޚަބަރު