ކީރިތި ޤުރްއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތަށް މި އަތޮޅު ތަމްސީލުކުރާ ދަރިވަރުން ހޮވުމަށް އޮޑިޝަނެއް ބާއްވައިފި

ކީރިތި ޤުރްއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތަށް މި އަތޮޅު ތަމްސީލުކުރާ ދަރިވަރުން ހޮވުމަށް އޮޑިޝަނެއް ބާއްވައިފިއެވެ.

ކީރިތި ޤުރްއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތަށް ދަރިވަރުން ހޮވުމަށް ބޭއްވި އޮޑިޝަން – އދ. އަތޮޅު ކައުންސިލް

2025  އޮގަސްޓު 12 އިން 13 އަށް އޮންލައިންކޮށް ބޭއްވި މި އޮޑިޝަންގައި ޖުމްލަ 88 ދަރިވަރުން ބައިވެރިވެފައިވެއެވެ. އެއީ ނުބަލާ ކިޔެވުމުގެ ގޮފިން ޖުމްލަ 31 ދަރިވަރުން، ބަލައިގެން ކިޔެވުމުގެ ގޮފިން ޖުމްލަ 56 ދަރިވަރުން އަދި ޙާފިޡުންގެބައިން 1 ދަރިވަރެވެ. މި އޮޑިޝަންގައި އޮމަދޫ، ކުނބުރުދޫ، މަހިބަދޫ، މަންދޫ، ދަނގެތި، ދިގުރަށް އަދި ފެންފުށި ހިމެނޭހެން ޖުމްލަ 7 ރަށަކުން ވަނީ ބައިވެރިވެފައެވެ. މި އޮޑިޝަންގައި ފަނޑިޔާރުކަން ކޮށްދެއްވާފައިވަނީ އައްޝައިޚް ޢާޒިމް ޚާލިދު، އައްޝައިޚް ޢަލީ ޝަހީދު އަދި އަލްއުސްތާޛް މުޙައްމަދު ރުޝްދާނެވެ.

 


 

ފަހުގެ ޚަބަރު