މަހޯލި

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ޢާއްމު ކުރާ މަޢުލޫމާތު

ދައުލަތުގެ އިދާރާއެއްގައިވާ މަޢުލޫމާތެއް ހޯދައި ލިބިގަތުމަކީ، މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު (ޤާނޫނު ނަމްބަރ: 1/2014) ގައި ބަޔާންކޮށްފައިވާ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން، އެކަމަށް އެދޭ ކޮންމެ މީހަކަށްމެ، ލިބިގެންވާ އަދި ތަންފީޒު ކުރެވޭނެ ޤާނޫނީ ޙައްޤެކެވެ.

މަހޯލި ޤާނޫނު

 

މަޢުލޫމާތަށް އެދި ހުށަހެޅުން

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާއިން މަޢުލޫމާތު ހޯއްދެވުމަށް އެދޭ ފޯމު މި ކައުންސިލްގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ.

އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާއިން މަޢުލޫމާތު ހޯއްދެވުމަށް ހުށަހަޅަން ޖެހޭ ފޯމް ޑައުންލޯޑް ކުރެއްވޭނެ ލިންކް ތިރީގައި އެވަނީއެވެ.

މަޢުލޫމާތު ހޯދުމާއި ލިބިގަތުމަށް އެދޭ ފޯމު

 

އިންފޮމޭޝަން އޮފިސަރ

ޤާނޫނު ނަންބަރު 2014/01 މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ (ހ) ގެ ދަށުން، އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާގެ އިންފޮމޭޝަން އޮފިސަރުގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ އެސިސްޓެންޓް ކައުންސިލް އޮފިސަރ މުޙައްމަދު ރަޝީދު އެވެ. އިންފޮމޭޝަން އޮފިސަރަކީ ޢާންމު ފަރާތްތަކުން މަޢުލޫމާތު ހޯދުމަށް ހުށަހަޅާ މައްސަލަތަކަށް ޖަވާބު ދާރީވުމަށް އެ އިދާރާއަކުން ކަނޑައަޅާފައި ހުންނަ ފަރާތެވެ.

 

އެސިސްޓެންޓް ކައުންސިލް އޮފިސަރ މުޙައްމަދު ރަޝީދު

ފޯނޮ: 9882177

އީމެއިލް: mohamed.rasheed@adh.gov.mv

 

މިއިދާރާއިން ގެންގުޅެ، ބަލަހައްޓާ މަޢުލޫމާތާއި، ލިޔެކިޔުންތައް ބަލަހައްޓާ ގޮތުގެ ތަފްޞީލު

އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާއަށް ލިބޭ ލިޔުންތަށް ޖެމްސް މެދުވެރިކޮށް އެންޓްރީކޮށް ބަލަހައްޓަމުން ގެންދެއެވެ.

މިއިދާރާގެ މަސައްކަތްތަކުގެ ތެރެއިން އުފެދޭ އަދި އުފައްދާ މަޢުލޫމާތުތައް އެކަމާބެހޭ ސެކްޝަނެއްގައި ރިކޯޑްކޮށް ބަލަހައްޓަމުން ގެންދެއެވެ. މިފަދަ ލިޔުންތައް ކަރުދާހުގައާއި އިލެކްޓްރޯނިކްކޮށް، ފައިލް ސަރވަރތަކުގައާއި ޖެމްސް އަދި  ވިޔަ ސިސްޓަމްގައި ބަލަހައްޓައި ރައްކާކުރަމުން ގެންދެއެވެ.

 

ކައުންސިލުން ހިންގާ ކަންކަމާ ގުޅޭ ސިޔާސަތުތަކާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހުށަހަޅައި ސިޔާސަތަށް ފާޑުކިޔައި، ސިޔާސަތުތައް އެކަށައެޅުމުގައި ރައްޔިތުންނަށް ބާރު ފޯރުވޭނެ ގޮތް

މިކައުންސިލުން ކުރާ މަސައްކަތްތަކާއި، ދޭ ޚިދުމަތްތަކުގެ ތެރެއިން ޤާނޫނުގައި ވަކި ކަމެއް ވަކި ގޮތަކަށް ކުރުމަށް ކަނޑައަޅާފައިވާ ކަންކަން ފިޔަވައި އެހެން ކަންކަމާ ބެހޭ ގޮތުން ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވެއެވެ. ހިޔާލު ހުށަހެޅުމަށް އަމަލުކުރާނެ ގޮތް:

ސިޓީ (އަރިއަތޮޅު ދެކުނުބުރީ އަތޮޅުކައުންސިލްގެ އިދާރާ)

އީމެއިލް: info@adh.gov.mv

ވެބްސައިޓް