އދ. އަތޮޅުގައި އިމިގްރޭޝަންގެ އޮފީހެއް ހެދުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި.
އދ. އަތޮޅުގައި އިމިގްރޭޝަންގެ ޚިދުމަތްތައް ފެށުމަށްޓަކައި އިމިގްރޭޝަންގެ އޮފީހެއް ހެދުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު 2025 ޖުލައި 14 ވަނަ ދުވަހު މިކައުންސިލް އިދާރާގައި ބާއްވައިފިއެވެ. މި އެއްބަސްވުން ހަދާފައިވަނީ އދ. އަތޮޅު ކައުންސިލް އިދާރާ އާއި މެޓްސް / އދ. މަހިބަދޫ އާއި ދެމެދުގައެވެ. މި އެއްބަސްވުމުގެ ދަށުން އދ. އަތޮޅު ކައުންސިލް އިދާރާގެ އައު އިމާރާތުގައި އިމިގްރޭޝަންގެ ގޮތްޕެއް ޤާއިމު ކުރުމަށް އޮފީހެއް ހަދާނެއެވެ. މި ހިދުމަތަކީ މި ކައުންސިލްގެ 2025 ވަނަ […]
މާލީ ބަޔާން ތައްޔާރުކުރުމާއި މާލިއްޔާތު ޤަވާއިދަށް މުވަޒަފުން އަހުލުވެރި ކުރުމުގެ ތަމްރީނު ޕްރޮގުރާމެއް މިއިދާރާ އާއި އޮޑިޓަރ ޖެނެރަލްގެ އޮފީހާއި ގުޅިގެން ކުރިއަށްގޮސްފި
މާލީ ބަޔާން ތައްޔާރުކުރުމާއި މާލިއްޔާތު ޤަވާއިދަށް މުވަޒަފުން އަހުލުވެރި ކުރުމުގެ ތަމްރީނު ޕްރޮގުރާމެއް މިއިދާރާ އާއި އޮޑިޓަރ ޖެނެރަލްގެ އޮފީހާއި ގުޅިގެން ކުރިއަށްގޮސްފިއެވެ. މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދިއައީ ޖޫން 23 އިން 25 އަށް އަތޮޅު ކައުންސިލްގެ ޓްރޭނިންގ ރޫމްގައެވެ. މި ޕްރޮގްރާމްގައި ހިމެނުނު ސެޝަންތައް ފެސިލިޓޭޓްކޮށްދެއްވާފައިވަނީ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ފެސިލިޓޭޓަރުންނެވެ. މި ޕްރޮގްރާމްގެ ތެރެއިން އިންޓަރނޭޝަނަލް ޕަބްލިކް ސެކްޓަރ އެކައުންޓިންގ ސްޓޭންޑާރޑް އަންޑާރ ދި ކޭޝް ބޭސިސް އެކުލެވިގެންވާ ގޮތާއި، ކައުންސިލްތަކުގެ […]
އދ. އަތޮޅު ތަޢުލީމީ މަރުކަޒަށް ޓީޗާރސް ވާރކްސްޓޭޝަން ހަދިޔާކޮށްފި
މިކައުންސިލްގެ ފަރާތުން ކުރިޔަށްގެންދާ އދ. އަތޮޅުގެ ސްކޫލްތަކުގައި ތިމާވެށްޓާއި ރައްޓެހި ހަކަތަ ބޭނުންކުރުމުގެ މަޝްރޫޢުގެދަށުން އދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ޤާއިމް ކޮށްފައިވާ ތިމާވެއްޓާއި ރައްޓެހި ހަކަތައިގެ ޕްރޮޖެކްޓަށް 2023 ވަނަ އަހަރު ލިބިފައިވާ ފައިސާއިން އެހީގެ ގޮތުގައި ހޯދުމަށް އެދިލެއްވި ޕްރޮޖެކްޓް ކަމުގައިވާ “ޓީޗާރސް ވާރކްސްޓޭޝަން” ގެ ތަކެތި ޙަވާލުކުރުމުގެ ރަސްމިއްޔާތު 19 ޖޫން 2025 ގެ 11.30 ގައި އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލްގައި ބޭއްވިއެވެ. މި ރަސްމިއްޔާތުގައި މި އިދާރާއާއި އަތޮޅު ތަޢުލީމީ […]
އައިޑީކާޑުގެ ޚިދުމަތް އދ.އަތޮޅުގައި ފަށައިފި
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް އދ.އަތޮޅުގައި ފަށައިފިއެވެ. މި ހިދުމަތަކީ މި ކައުންސިލްގެ 2025ވަނަ އަހަރުގެ މަސައްކަތު ތާވަލްގައި ހިމެނި ބަޖެޓް ކުރެވިފައިވާ ކަމެކެވެ. އަރިއަތޮޅު ދެކުނުބުރީ އަތޮޅުކައުންސިލް އިދާރާގައި އައިޑީ ކާޑު ޕްރިންޓިން ސެޓަޕް ތައްޔާރުކޮށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން އާއި އަރިއަތޮޅު ދެކުނުބުރީ އަތޮޅުކައުންސިލާއި ދެމެދު ” ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޚިދުމަތް ދިނުމާގުޅޭ އެއަބަސްވުން” ގައި ވަނީ ސޮއި ކުރެވިފައެވެ. މި ޚިދުމަތް ފެށުމުގެ ގޮތުން މި […]
ޓުއަރިޒަމް ވިޔަފާރިއަށް އަމާޒުކޮށްގެން އދ. މަހިބަދޫގައި “ވުނާރި ފޯރަމް”އެއް ބާއްވައިފި.
މި އިދާރާއިން އިސްނަގައިގެން ބިޒްނަސް ސެންޓަރ ކޯޕަރޭޝަނާއި ގުޅިގެން 18 ފެބްރުއަރީ 2025 ވަނަ ދުވަހު އދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލްގައި ކުރިއަށް ގެންދިޔަ “ވުނާރި ފޯރަމް- ޓުއަޒިރަމް އެޑިޝަން” ވަރަށް ކާމިޔާބުކަމާއެކު ވަނީ ނިންމާލެވިފައެވެ. މިއީ މިކައުންސިލްގެ 2025 ވަނަ އަހަރުގެ މަސައްކަތު ތާވަލުގައި ހިމެނި ބަޖެޓްކުރެވިގެން، ގެސްޓްހައުސް ވިޔަފާރިތަކަށް އެއްބާރުލުން ދިނުމުގެ ގޮތުންނާއި، ބިޒްނަސް ޑިވެލޮޕްމެންޓް ސެމިނަރއެއް ބޭއްވުމުގެ މަޤްސަދުގައި ހިންގާފައިވާ ފޯރަމެކެވެ. މި އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ޓުއަރިޒަމް […]
އަތޮޅު ކައުންސިލުން ރާއްޖޭގެ މިނިވަން ދުވަސް އަތޮޅުފެންވަރުގައި މިއަހަރު ފާހަގަކުރާނީ އދ. މާމިގިލީގައި
އެއްބައިވަންތަކަމާއި އެކުވެރިކަންދިރުވުމާއި ކުޅިވަރުގެރޫހު ދައްކުވައިދިނުމުގެ ގޮތުން އަތޮޅު ކައުންސިލުން ރާއްޖޭގެ މިނިވަން ދުވަސް އަތޮޅުފެންވަރުގައި މިއަހަރު ފާހަގަކުރުމަށް ހަމަޖެހިފައިވަނީ އދ. މާމިގިލީގައެވެ. މިގޮތުން މިއަހަރުވެސް ފިރިހެނުންގެ ފުޓުބޯޅަ މުބާރާތަކާއި އަންހެން އަދި ފިރިހެނުންގެ ވޮލީ މުބާރާތްތަކެއް ބާއްވާނެއެވެ.