ޕިކްނިކް އައިލެންޑްގެ ގޮތުގައި ތަރައްޤީކޮށްފައިވާ “އދ. ލޮނުބޮއި” ޕިކްނިކް ދަތުރުތަކަށް ހުޅުވައިފި.

އދ. އަތޮޅުގެ ރަށްރަށުގެ ރައްޔިތުންނަށް ޢާއިލާއާއި ރައްޓެހިންނާއިއެކު ހިތްހަމަޖައްސާލައި، މޫދަށް އެރި އެކުވެރިކަން އާލާކުރުމަށް ޕިކްނިކް ދަތުރު ދިއުމަށްޓަކައި، އދ. އަތޮޅު ކައުންސިލުން އދ. މާފުށިވަރު ރިސޯޓާއި ގުޅިގެން ތަރައްޤީ ކުރި “އދ.  ލޮނުބޮއި” ޕިކްނިކް ދަތުރުތަކަށް ހުޅުވާލައިފިއެވެ. މިގޮތުން އދ. އަތޮޅު ރަށްރަށުގެ ރައްޔިތުންނަށް ކޮންމެ ހަފްތާއެއްގެވެސް ހުކުރު ދުވަހާއި ހޮނިހިރު ދުވަހު އެއްވެސް ފީއަކާއިނުލައި މި ރަށަށް ދަތުރުދެވޭނެގޮތަށްވަނީ ހަމަޖައްސާފައެވެ. މި ރަށުގައި ޕިކްނިކްދާ ފަރާތްތަކަށް ޚާއްޞަކޮށްފައިވާ ބާބެކިޔު އޭރިޔާއާއި، ވެއިޓިން އޭރިއާއާއި 2 […]

“އަތޮޅު ޤުރްއާން މުބާރާތް” މިއަހަރު އދ. ދިގުރަށު ބޭއްވުމަށް އަތޮޅުކައުންސިލުން ނިންމައިފި.

“އދ. އަތޮޅު ޤުރުއާން މުބާރާތް” މިއަހަރު އދ. ދިގުރަށުގައި ބޭއްވުމަށް އދ. އަތޮޅުކައުންސިލުންވަނީ ނިންމާފައެވެ. މިއަހަރުގެ ޑިސެމްބަރ މަހުގެތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތް ބޭއްވުމަށް ވަކި ތާރީޚެއް އަދި ކަނޑައަޅާފައެއް ނުވެއެވެ. އދ. އަތޮޅުގެ ސްކޫލްތަކުގެ ދަރިވަރުންނާއި، ބޮޑެތި މީހުންގެ ހިތްތަކުގައި ކީރިތި ޤުރްއާނަށް ލޯބި ޖައްސައި، ރީތިކޮށް ޤުރްއާން ކިޔަވާ ދަރިވަރުންތަކެއް އުފައްދައި، ޤައުމީ ފެންވަރުގައާއި ބައިނަލްއަޤްވާމީ ފެންވަރުގައި ވާދަކުރާނޭ ދަރިވަރުން އުފެއްދުމަށް އަތޮޅުކައުންސިލް ކުރިއަށް ގެންދާ މި މުބާރާތް ބާއްވާނީ އދ. އަތޮޅުގެ […]

އެއްބައިވަންތަކަމާއި އެކުވެރިކަންދިރުވުމާއި ކުޅިވަރުގެރޫހު ދައްކުވައިދިނުމުގެ ގޮތުން އަތޮޅު ކައުންސިލުން ރާއްޖޭގެ މިނިވަން ދުވަސް އަތޮޅުފެންވަރުގައި މިއަހަރު ފާހަގަކުރީ އަތޮޅުގެ ވެރިރަށް މަހިބަދޫގައި

އެއްބައިވަންތަކަމާއި އެކުވެރިކަންދިރުވުމާއި ކުޅިވަރުގެރޫހު ދައްކުވައިދިނުމުގެ ގޮތުން އަތޮޅު ކައުންސިލުން ރާއްޖޭގެ މިނިވަން ދުވަސް އަތޮޅުފެންވަރުގައި މިއަހަރު ފާހަގަކުރީ އަތޮޅުގެ ވެރިރަށް މަހިބަދޫގައި ތިން ކުޅިވަރު މުބާރާތެއް ބާއްވައިގެންނެވެ. އަތޮޅުގެ ދިހަ ރަށުގެ ތެރެއިން ޖުމްލަ ނުވަ ރަށަކުން މި ހަރަކާތްތަކުގައި ފޯރިއާއެކު ބައިވެރިވެ، ކުޅިވަރަށް އޮތް ޝައުގުވެރިކަމާއި ޤައުމީލޯބި ދައްކުވައިދިނެވެ.   8 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި އުފާފާޅުކުރުމުގެ ރަސްމިއްޔާތު ފެށިގެން އައީ އަތޮޅުގެ ޒުވާނުންނަށްބޭއްވުނު ވަރަށް ވާދަވެރި ފުޓްބޯޅަ މުބާރާތަކުންނެވެ. މި ހަރަކާތުގައި […]