އދ. އަތޮޅުގައި އިމިގްރޭޝަންގެ ޚިދުމަތްތައް ފެށުމަށްޓަކައި އިމިގްރޭޝަންގެ އޮފީހެއް ހެދުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު 2025 ޖުލައި 14 ވަނަ ދުވަހު މިކައުންސިލް އިދާރާގައި ބާއްވައިފިއެވެ. މި އެއްބަސްވުން ހަދާފައިވަނީ އދ. އަތޮޅު ކައުންސިލް އިދާރާ އާއި މެޓްސް / އދ. މަހިބަދޫ އާއި ދެމެދުގައެވެ. މި އެއްބަސްވުމުގެ ދަށުން އދ. އަތޮޅު ކައުންސިލް އިދާރާގެ އައު އިމާރާތުގައި އިމިގްރޭޝަންގެ ގޮތްޕެއް ޤާއިމު ކުރުމަށް އޮފީހެއް ހަދާނެއެވެ.
މި ހިދުމަތަކީ މި ކައުންސިލްގެ 2025 ވަނަ އަހަރުގެ މަސައްކަތު ތާވަލްގައި ހިމަނާ ބަޖެޓް ކޮށްފައިވާ ކަމެކެވެ. މި އޮފީސް ޤާއިމު ކުރެވުމުން އދ. އަތޮޅުގައި ދިރިއުޅޭ ރައްޔިތުންނަށް އިމިގްރޭޝަންގެ ޚިދުމަތްތައް އަތޮޅުގައި ތިބެގެން ލުއިފަސޭހަ ކަމާއިއެކު ލިބިގެންދާނެއެވެ.