މާލީ ބަޔާން ތައްޔާރުކުރުމާއި މާލިއްޔާތު ޤަވާއިދަށް މުވަޒަފުން އަހުލުވެރި ކުރުމުގެ ތަމްރީނު ޕްރޮގުރާމެއް މިއިދާރާ އާއި އޮޑިޓަރ ޖެނެރަލްގެ އޮފީހާއި ގުޅިގެން ކުރިއަށްގޮސްފި

މާލީ ބަޔާން ތައްޔާރުކުރުމާއި  މާލިއްޔާތު ޤަވާއިދަށް މުވަޒަފުން އަހުލުވެރި ކުރުމުގެ ތަމްރީނު ޕްރޮގުރާމެއް މިއިދާރާ އާއި  އޮޑިޓަރ ޖެނެރަލްގެ އޮފީހާއި ގުޅިގެން ކުރިއަށްގޮސްފިއެވެ. މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދިއައީ ޖޫން 23 އިން 25 އަށް އަތޮޅު ކައުންސިލްގެ ޓްރޭނިންގ ރޫމްގައެވެ. މި ޕްރޮގްރާމްގައި ހިމެނުނު ސެޝަންތައް ފެސިލިޓޭޓްކޮށްދެއްވާފައިވަނީ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ފެސިލިޓޭޓަރުންނެވެ.

މި ޕްރޮގްރާމްގެ ތެރެއިން އިންޓަރނޭޝަނަލް ޕަބްލިކް ސެކްޓަރ އެކައުންޓިންގ ސްޓޭންޑާރޑް އަންޑާރ ދި ކޭޝް ބޭސިސް އެކުލެވިގެންވާ ގޮތާއި، ކައުންސިލްތަކުގެ ފައިސާ ލިބުނުގޮތާއި ހޭދަކުރެވުނު ގޮތުގެ ބަޔާނާއި، ފާސްކުރި ބަޖެޓާއި އެ ބަޖެޓުން ހޭދަކުރި ގޮތުގެ ބަޔާނާއި، މިލްކިއްޔާތާއި މާލީ ޒިންމާތަކުގެ ބަޔާނާއި އަދި ދެންނެވުނު ބަޔާންތަކުގެ ނޯޓުތަކާއި ތަފްސީލް ބަޔާންކުރާނެގޮތްވަނީ ބައިވެރިންނަށް ކިޔައިދީފައެވެ.

3 ދުވަހުގެ މުއްދަތަށް ކުރިއަށް މި ގެންދެވުނު ތަމްރީނު ޕްރޮގްރާމުގައި މި އަތޮޅުގެ ރަށުކައުންސިލްތަކުންނާއި މިރަށުގެ 3 އިދާރާއަކުން ޖުމުލަ 43 ބައިވެރިން ތަމްރީން ފުރިހަމަކޮށްފައިވެއެވެ.

ފަހުގެ ޚަބަރު