“އަތޮޅު ޤުރްއާން މުބާރާތް” މިއަހަރު އދ. ދިގުރަށު ބޭއްވުމަށް އަތޮޅުކައުންސިލުން ނިންމައިފި.

“އދ. އަތޮޅު ޤުރުއާން މުބާރާތް” މިއަހަރު އދ. ދިގުރަށުގައި ބޭއްވުމަށް އދ. އަތޮޅުކައުންސިލުންވަނީ ނިންމާފައެވެ. މިއަހަރުގެ ޑިސެމްބަރ މަހުގެތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތް ބޭއްވުމަށް ވަކި ތާރީޚެއް އަދި ކަނޑައަޅާފައެއް ނުވެއެވެ. އދ. އަތޮޅުގެ ސްކޫލްތަކުގެ ދަރިވަރުންނާއި، ބޮޑެތި މީހުންގެ ހިތްތަކުގައި ކީރިތި ޤުރްއާނަށް ލޯބި ޖައްސައި، ރީތިކޮށް ޤުރްއާން ކިޔަވާ ދަރިވަރުންތަކެއް އުފައްދައި، ޤައުމީ ފެންވަރުގައާއި ބައިނަލްއަޤްވާމީ ފެންވަރުގައި ވާދަކުރާނޭ ދަރިވަރުން އުފެއްދުމަށް އަތޮޅުކައުންސިލް ކުރިއަށް ގެންދާ މި މުބާރާތް ބާއްވާނީ އދ. އަތޮޅުގެ 10 ރަށުގެ މެދުގައި ވާދަވެރި މުބާރާތެއްގެ ގޮތުގައެވެ. ބަލައިގެން ކިޔެވުމާއި ނުބަލައި ކިޔެވުން ހިމެނޭގޮތަށް ބާއްވާ މި މުބާރާތުގައި އަތޮޅުގެ 10 ރަށުން ބައިވެރިވާގޮތަށްވަނީ ހަމަޖެހިފައެވެ. މި ދިޔައަހަރު މި މުބާރާތް ބާއްވާފައިވަނީ އދ. ދަނގެތީގައެވެ.

ފަހުގެ ޚަބަރު