ޚިދުމަތް |
ޚިދުމަތް ހޯދަންވީ ގޮތް |
ޚިދުމަތުގެ ފެންވަރާއި މުއްދަތު |
|
ކައުންސިލަށް އެކި ކަންކަމުގައި ޚިޔާލާ، މަޝްވަރާއާ، ޝަކުވާ ހުށަހެޅުން |
ކައުންސިލަށް ވަޑައިގެން ސިޓީ ހުށަހެޅުއްވުން (ރަސްމީ ގަޑީގައި) ނުވަތަ ކައުންސިލްގެ ރަސްމީ އީމެއިލް admin@adh.gov.mv އަށް އީމެއިލް ކުރެއްވުން، ނުވަތަ މެސެޖްގެ ޒަރިއްޔާއިން |
މައްސަލައިގެ ކުޑަ/ބޮޑު މިނަށްބަލާ އެއްދުވަހާ ތިން ދުވަހާ ދުވަހާ ދެމެދު މުއްދަތެއް |
|
ފައިސާ ބަލައިގަތުން |
ކައުންސިލަށް ވަޑައިގެން ފައިސާ ދެއްކުން. ރަސްމީ ކޮންމެ ދުވަހަކު ހެނދުނު 08:30 ން 12:30 އަށް. ފައިސާ ޓްރާންސްފަރ ކުރުން. ރަސްމީ ކޮންމެ ދުވަހެއްގެ 13:30 ގެކުރިން. |
ހުށަހެޅުމުން ވަގުތުން ފައިސާ ބަލައިގެންފައިދޭ ރަސީދު ދޫކުރެވޭނެ. 13:30 ގެ ކުރިން ޓްރާސްފަރ ކުރާ ފައިސާގެ އެ ދުވަހު ދޫކުރެވޭނެ. އޭގެ ފަހުން ޓްރާންސްފަރ ކުރާ ފައިސާގެ ރަސީދު ޖެހިގެން އަންނަ ރަސްމީ ދުވަހު. |
|
އައި.ޑީ ކާޑު ހެއްދުމަށް އެހީތެރި ވެދިނުން |
އޮންލައިން ކޮށް ރަސްމީގަޑީގައި |
ޑީ.އެން.އާރު އިން ކާޑު ނަންގަވާނަމަ ނުވަތަ ރަށުކައުންސިލަކުން ކާޑު ނަންގަވާނަމަ 1 ހަފްތާ ނުވަތަ 2 ހަފްތާ ނުވަތަ އޮންލައިންކޮށް މެސެޖު އައުމުން |
|
ކަނޑުގައި ދުއްވާތަކެތީގެ ލައިސަންސަށް އެދި ހުށަހަޅުން. |
ފޯމް ފުރުއްވައި ޕާސްޕޯޓް ސައިޒްގެ 1 ފޮޓޯ، އައި.ޑީ.ކާޑްގެ އަސްލު ކޮޕީއަކާއެކު އަދި ނިޔަމި ސެޓްފިކެޓް ރަސްމީ ދުވަހުގެ 12:00 ގެ ކުރިން ހުށަހަޅުއްވައި އިމްތިޙާން ފީ ދެއްކެވުން. ކަނޑު އުޅަނދު ދުއްވުމުގެ ޓެސްޓް އޮންނާނީ ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހުގެ ހެނދުނު 12:00 ން 13:30 އަށް. (ފޯމް ކައުންސިލްގެ އިދާރާއިން ނުވަތަ ކައުންސިލްގެ ވެބްސައިޓް www.adh.gov.mv އިން ޑައުންލޯޑްކުރެވޭނެއެވެ.) |
ދުއްވުމުގެ ޓެސްޓުން ފާސްވުމުން ގިނަވެގެން 5 ދުވަހުގެ ތެރޭގައި ލައިސަންސް ދޫކުރުން. |
“އދ. ލޮނުބޮއި” އަށް ދަތުރު ދިއުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް މަޢުލޫމާތު ފުރިހަމަ ކުރުމަށްފަހު ހުއްދަ ހޯދަންޖެހޭގޮތަށްވަނީ ހަމަޖައްސާފައެވެ. ލިންކް: https://ee.kobotoolbox.org/x/xPECWrd4