ބޮޑުބޭބެ އެވެ. ހިތް އޮންނާނީ

އަލަގަހަކުން ކެޔޮނިރެއް ނުފަޅާނެއެވެ. އަހިވަކާޖެހި އަހިވައް ފާވާނެއެވެ. އަތޮޅުވެރިންނަށް ހިއްޕޭނީ ވަލުގައެވެ. އަޑުގަދަ މީހާގެ ރުއް ގިނަވާނެއެވެ. ކަނބުރުގެއަކަށް ވަނިއްޔާ އަޅިބުރާނެއެވެ. އަތެއް އޮތަކަސް ބަތެއް ނުކެވޭނެއެވެ. އެއްތުނޑި ވޮޑެންޏާ އަނެއްތުނޑި ގިރާނެއެވެ. އެކަނި އެއްދަރުގަނޑެއް ނާނދާނެއެވެ. އެއްފުޅައްމަތީން ފުންމާލި ބަކަރި އަނެއް ފުޅައްމަތީން ފުންމާލާނެއެވެ. ކުޑަ ގަހަކަށްވުރެ ބޮޑުގަހެއްގެ ހިޔާ ބޮޑުވާނެއެވެ. އަލަގަހަކުން ކެޔޮނިރެއް ނުފަޅާނެއެވެ.
 ކުކުޅުފައިދޮށުވެ ފިޔޮކެއް މަރެއް ނުވާނެއެވެ. ކައިފި އެއްޗަކާ ބޭރިވެސް ނުމޮށޭނެއެވެ. ކިތަންމެވަރަކަށް ދޮންކުރިޔަސް ދުނބުރިއެއް އަނބަކަށް ނުވާނެއެވެ. ކާށި ކެވޭނީ ދަތް ހުއްޓައެވެ. ކަނބުރުގެއަކަށް ވަނިއްޔާ އަޅިބުރާނެއެވެ. ކެޔޮކޭވަރު އެނގޭނީ ބިތުފަންގި ނެގީމައެވެ. ބުރުން ފަޅާނީ ބުރެވެ. ބަޅެއްގެ ނަގޫ ސަންފާއޮނަކަށްލާފައި އޮތަސް ތެދެއް ނުވާނެއެވެ. ބުޅި ކެނޑޭނީ ކެޔޮޅު އަތުންނެވެ. ބެދޭ މަޅިއެއް ނުފެންނާނެއެވެ.
 ބޭރުންދާ އޮޑިއަކަށް ނިވަލެއް ނޯންނާނެއެވެ. ބޭރުންދާ އޮޑިއަކަށް ނިމައެއް ނޯންނާނެއެވެ. ބޮޑު ދެގެރި ތަޅަންޏާ ކަށްގަލަށް ބާރުކުރާނެއެވެ.  ބައިމަސް ބަޔަށް ދުވާނެއެވެ. ރާވެރިއެއްގެ ދަރިޔަކަށް ވެސް ހަތަރެތިން އެކަތި އޮންނާނެއެވެ. ބޮޑެތި އެއްޗިއްސަށް ބޮޑެތި ރާޅެވެ. ކުދި އެއްޗިއްސަށް ކުދި ރާޅެވެ. ބޮއްކުރާ ދޮށަކަށް އޮޑިއެއް ނުކަނބާނެއެވެ. ބެޔަސް ނުބެޔަސް ނަން ވާނީ ހައިވަކަރު އޮޑި އެވެ. ނަމައެއްގައި ކެކޭނެ ރިހަޔެއް ނޯނަނާނެއެވެ.
  ނަސީބަކީ ކަތީބަކު ދޭ އެއްޗެއް ނޫނެވެ. ރޯ ކޭލޭ ބުނީމާ ދެތަލި ތަތްލާހެން ހީވާނެއެވެ. ރޯ ހަމެއް ނުފެޅޭނެއެވެ. ނުބީހެންޏާ ކަނޑާ ހަމަ އެވެ. ނުމޮށޭ ގުރާ ބާރަށް ދައިގަންނާނެ އެވެ. ނަގާހައި ވިލަޔަކުން ވާރެއެއް ނާދެއެވެ. ނެގޭނީ ދީފައި އޮތް ބަޑުހަނޑުލެކެވެ. ހިނި ވެސް ފަރުބަދަ ކަނޑައެވެ. ހިތިކަދޫ އަޅާ ވެލަކަށް، ފެން ދިނުމުގެ ބަދަލުގައި މާމުއި އަޅަމުން ގެންދިޔަޔަސް، އެވެލުގައި އަޅާނީ ހަމަ ހިތިކަދުލެވެ. ހަކުރު ދެންޏާ ބޮޑުބޭބެ އެވެ. ހިތް އޮންނާނީ ދެލިގަނޑެއްހެންނެވެ. ކަން އޮންނާނީ ވެލިގަނޑެއްހެންނެވެ.

ފަހުގެ ޚަބަރު