ފަހަތައްޚިދުމަތް

އައިޑީކާޑުގެ ޚިދުމަތް އދ.އަތޮޅުގައި ފަށައިފި

15/06/2025
އައިޑީކާޑުގެ ޚިދުމަތް އދ.އަތޮޅުގައި ފަށައިފި

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް އދ.އަތޮޅުގައި ފަށައިފިއެވެ. މި ހިދުމަތަކީ މި ކައުންސިލްގެ 2025ވަނަ އަހަރުގެ މަސައްކަތު ތާވަލްގައި ހިމެނި ބަޖެޓް ކުރެވިފައިވާ ކަމެކެވެ. އަރިއަތޮޅު ދެކުނުބުރީ އަތޮޅުކައުންސިލް އިދާރާގައި އައިޑީ ކާޑު ޕްރިންޓިން ސެޓަޕް ތައްޔާރުކޮށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން އާއި އަރިއަތޮޅު ދެކުނުބުރީ އަތޮޅުކައުންސިލާއި ދެމެދު ” ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޚިދުމަތް ދިނުމާގުޅޭ އެއަބަސްވުން” ގައި ވަނީ ސޮއި ކުރެވިފައެވެ. މި ޚިދުމަތް ފެށުމުގެ ގޮތުން މި އަތޮޅުގެ ހުރިހާ ރަށުކައުންސިލްތަކުގެ އައިޑީ ކާޑާއި ގުޅޭ މަސައްކަތް ކުރާ މުވައްޒަފުންނަށް ޑީއެންއާރް ޕޯޓަލްއާއި ގުޅޭ ޓްރޭނިން ވަނީ ދެވިފައެވެ.

news2.webp އައި.ޑީ ކާޑުގެ ޚިދުމަތް ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

މި ޚިދުމަތް ވެގެންދާނީ އަރިއަތޮޅު ދެކުނުބުރީ ރައްޔިތުންނަށް ގާތުން ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑު ފަސޭހަކަމާއިއެކު ފޯރުކޮށްދިނުމުގެ ނިޒާމެއްގެ ގޮތުގައެވެ.