ސަލްފް ރިޙްލާ 2025 މި އަތޮޅުގައި ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސް ނިންމާލާއިފި

ސަލަފް ރިޙްލާ 2025 އަކީ ޖަމްޢިއްޔަތުއްސަލަފާއި މިކައުންސިލާއި ގުޅިގެން މި އަތޮޅުގެ ހުރިހާ ރަށު ކައުންސިލްތަކެއްގެ ބައިވެރިވުމާއެކު އަތޮޅު ރައްޔިތުންގެ އެއްބައިވަންތަކަމާއި ދީނީ ހޭލުންތެރިކަމާއި ޞިއްޙީ ދުޅަހެޔޮކަމާއި، ފަންނުވެރިކަން އިތުރުކުރުމުގެ މަތިވެރި މަޤްސަދުގައި ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ އޮކްޓޯބަރު 30 އިން ނޮވެންބަރު 3 ގެ ނިޔަލަށް މި އަތޮޅު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައެވެ. ސަލަފް ރިޙްލާ 2025 ހިމެނޭ ޕްރޮގްރާމްތަކުން މި އިދާރާގެ 2025 ވަނަ އަހަރުގެ މަސައްކަތު […]

އދ. އަތޮޅުގައި ރުއްގަސް އާލާކުރުމުގެ 2 ވަނަ ޕްރޮގްރާމް ބާއްވައިފި.

މި ޕްރޮގްރާމަކީ މި ކައުންސިލްގެ 2025 ވަނަ އަހަރުގެ މަސައްކަތު ތާވަލުގައި ހިމަނާފައިވާ ރުއްގަސް އާލާކުރުމާއި،  އަތޮޅުން ނެތެމުންދާ ގަސްގަހާގެހި ޙިމާޔަތްކޮށް އާލާކުރުމާއި އަދި ރައީސުލްޖުމްހޫރިއްޔާ  ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއް ކަމުގައިވާ 5 އަހަރުތެރޭ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން މިއަތޮޅު މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އަމާޒުކޮށްގެން ހިންގާފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި މިއަތޮޅުގެ 8 ރަށުން ވަނީ ބައިވެރިވެފައެވެ. މި ޕްރޮގްރާމްގައި ބައިވެރިވި ހަންޏާމީދު، އޮމަދޫ، ކުނބުރުދޫ، މަހިބަދޫ، މަންދޫ، […]

“ސަލަފް ރިޙްލާ 2025” އދ. އަތޮޅުގައި ބޭއްވުމުގެ ފަހުމުނާމާގައި ސޮއިކުރައްވައިފި

ސަލަފް ރިޙްލާ 2025 އަރިއަތޮޅު ދެކުނުބުރީގައި ބޭއްވުމަށް އދ. އަތޮޅު ކައުންސިލާއި ޖަމުޢިއްޔަތުއްސަލަފާ ދެމެދު ފަހުމުނާމާގައި މިއަދު (01 އޮކްޓޯބަރު 2025) ގައި ސޮއިކުރައްވައިފިއެވެ. މި ފަހުމުނާމާ އަކީ އަރިއަތޮޅު ދެކުނުބުރީގައި އަތޮޅުގެ އެއްބައިވަންތަކަމާއި ދީނީ ހޭލުންތެރިކަމާއި އަދި ފަންނުވެރިކަން ކުރިއަރުވާ އިތުރުކުރުމަށް ކުރިޔަށް ގެންދަން ޤަސްދުކޮށްފައިވާ ސަލަފް ރިޙްލާ 2025، އދ. އަތޮޅުގެ ރަށްތަކުގައި ބޭއްވުމުގެ މަތިވެރި މަޤްޞަދުގައި ސޮއިކުރައްވާފައިވާ ފަހުމުނާމާއެކެވެ. ސަލަފް ރިޙްލާ ޕްރޮގްރާމަކީ ދިވެހި ރާއްޖޭގެ ރައްޔިތުން ހޭލުންތެރިކޮށް ދީނީ އަދި ފަންނީ […]

އދ. އަތޮޅު ކައުންސިލް އިދާރާގެ އޮފީސް އިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ އެއްބަސްވުމުގައި ސޮއިކުރައްވައިފި

އދ. އަތޮޅު ކައުންސިލް އިދާރާގެ އޮފީސް އިމާރާތުގައި ޖާގައިގެ ދަތިކަން ކުރިމަތިވެފައިވުމުން މި މައްސަލަ ހައްލުކުރުމަށް އޮފީސް އިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ޖާގަ އިތުރު ކުރުމުގެ މަސައްކަތް އދ. މަހިބަދޫ “މެޓްސް” އާ 2025 ސެޕްޓެމްބަރު 18 ވަނަ ދުވަހު ހަވާލު ކުރައްވައިފިއެވެ. މި މަސައްކަތަކީ އެ ފަރާތުގެ އަމިއްލަ ތަކެތީގައި ޖުމްލަ 44 ދުވަސް ތެރޭގައި ނިންމުމަށް ހަވާލުކުރައްވާފައިވާ މަސައްކަތެކެވެ.

ކީރިތި ޤުރްއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގައި އދ. އަތޮޅު ތަމްސީލުކުރާ ދަރިވަރުން މުބާރާތަށް ތައްޔާރުކުރުމުގެ ގޮތުން މި ކައުންސިލްގެ ފަރާތުން ޚާއްޞަ ސެޝަންތަކެއް ބާއްވައިފި

ކީރިތި ޤުރްއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގައި އދ. އަތޮޅު ތަމްސީލުކުރާ ދަރިވަރުން މުބާރާތަށް ތައްޔާރުކުރުމުގެ ގޮތުން މި ކައުންސިލްގެ ފަރާތުން 2025 ސެޕްޓެމްބަރު 12 އިން 13 އަށް ޚާއްޞަ ސެޝަންތަކެއް ކިރިތި ޤުރްއާނާ ބޭހޭ މަރުކަޒުގެ އދ. މަހިބަދޫ ގޮފީގައި ބާއްވައިފިއެވެ. މި ސެޝަންތަކުގައި ބަލައިގެން ކިޔެވުމުގެ ގޮފިން 10 ދަރިވަރުން، ނުބަލާކިޔެވުމުގެ ގޮފިން 7 ދަރިވަރުން، އަދި ޙާފިޡުންގެ ގޮފިން 1 ދަރިވަރު، މުޅި ޖުމްލަ 18 ދަރިވަރުން ބައިވެރިވެފައިވެއެވެ. މި […]

ކީރިތި ޤުރްއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތަށް މި އަތޮޅު ތަމްސީލުކުރާ ދަރިވަރުން ހޮވުމަށް އޮޑިޝަނެއް ބާއްވައިފި

ކީރިތި ޤުރްއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތަށް މި އަތޮޅު ތަމްސީލުކުރާ ދަރިވަރުން ހޮވުމަށް އޮޑިޝަނެއް ބާއްވައިފިއެވެ. 2025  އޮގަސްޓު 12 އިން 13 އަށް އޮންލައިންކޮށް ބޭއްވި މި އޮޑިޝަންގައި ޖުމްލަ 88 ދަރިވަރުން ބައިވެރިވެފައިވެއެވެ. އެއީ ނުބަލާ ކިޔެވުމުގެ ގޮފިން ޖުމްލަ 31 ދަރިވަރުން، ބަލައިގެން ކިޔެވުމުގެ ގޮފިން ޖުމްލަ 56 ދަރިވަރުން އަދި ޙާފިޡުންގެބައިން 1 ދަރިވަރެވެ. މި އޮޑިޝަންގައި އޮމަދޫ، ކުނބުރުދޫ، މަހިބަދޫ، މަންދޫ، ދަނގެތި، ދިގުރަށް އަދި ފެންފުށި […]

އދ. އަތޮޅުގައި އިމިގްރޭޝަންގެ އޮފީހެއް ހެދުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި.

އދ. އަތޮޅުގައި އިމިގްރޭޝަންގެ ޚިދުމަތްތައް ފެށުމަށްޓަކައި އިމިގްރޭޝަންގެ އޮފީހެއް ހެދުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު 2025 ޖުލައި 14 ވަނަ ދުވަހު މިކައުންސިލް އިދާރާގައި ބާއްވައިފިއެވެ. މި އެއްބަސްވުން ހަދާފައިވަނީ އދ. އަތޮޅު ކައުންސިލް އިދާރާ އާއި މެޓްސް / އދ. މަހިބަދޫ އާއި ދެމެދުގައެވެ. މި އެއްބަސްވުމުގެ ދަށުން އދ. އަތޮޅު ކައުންސިލް އިދާރާގެ އައު އިމާރާތުގައި އިމިގްރޭޝަންގެ ގޮތްޕެއް ޤާއިމު ކުރުމަށް އޮފީހެއް ހަދާނެއެވެ. މި ހިދުމަތަކީ މި ކައުންސިލްގެ 2025 ވަނަ […]

މާލީ ބަޔާން ތައްޔާރުކުރުމާއި މާލިއްޔާތު ޤަވާއިދަށް މުވަޒަފުން އަހުލުވެރި ކުރުމުގެ ތަމްރީނު ޕްރޮގުރާމެއް މިއިދާރާ އާއި އޮޑިޓަރ ޖެނެރަލްގެ އޮފީހާއި ގުޅިގެން ކުރިއަށްގޮސްފި

މާލީ ބަޔާން ތައްޔާރުކުރުމާއި  މާލިއްޔާތު ޤަވާއިދަށް މުވަޒަފުން އަހުލުވެރި ކުރުމުގެ ތަމްރީނު ޕްރޮގުރާމެއް މިއިދާރާ އާއި  އޮޑިޓަރ ޖެނެރަލްގެ އޮފީހާއި ގުޅިގެން ކުރިއަށްގޮސްފިއެވެ. މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދިއައީ ޖޫން 23 އިން 25 އަށް އަތޮޅު ކައުންސިލްގެ ޓްރޭނިންގ ރޫމްގައެވެ. މި ޕްރޮގްރާމްގައި ހިމެނުނު ސެޝަންތައް ފެސިލިޓޭޓްކޮށްދެއްވާފައިވަނީ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ފެސިލިޓޭޓަރުންނެވެ. މި ޕްރޮގްރާމްގެ ތެރެއިން އިންޓަރނޭޝަނަލް ޕަބްލިކް ސެކްޓަރ އެކައުންޓިންގ ސްޓޭންޑާރޑް އަންޑާރ ދި ކޭޝް ބޭސިސް އެކުލެވިގެންވާ ގޮތާއި، ކައުންސިލްތަކުގެ […]

އދ. އަތޮޅު ތަޢުލީމީ މަރުކަޒަށް ޓީޗާރސް ވާރކްސްޓޭޝަން ހަދިޔާކޮށްފި

މިކައުންސިލްގެ ފަރާތުން ކުރިޔަށްގެންދާ އދ. އަތޮޅުގެ ސްކޫލްތަކުގައި ތިމާވެށްޓާއި ރައްޓެހި ހަކަތަ ބޭނުންކުރުމުގެ މަޝްރޫޢުގެދަށުން އދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ޤާއިމް ކޮށްފައިވާ ތިމާވެއްޓާއި ރައްޓެހި ހަކަތައިގެ ޕްރޮޖެކްޓަށް  2023 ވަނަ އަހަރު ލިބިފައިވާ ފައިސާއިން އެހީގެ ގޮތުގައި ހޯދުމަށް އެދިލެއްވި ޕްރޮޖެކްޓް ކަމުގައިވާ “ޓީޗާރސް ވާރކްސްޓޭޝަން” ގެ ތަކެތި ޙަވާލުކުރުމުގެ ރަސްމިއްޔާތު 19 ޖޫން 2025 ގެ 11.30 ގައި އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލްގައި ބޭއްވިއެވެ.  މި ރަސްމިއްޔާތުގައި މި އިދާރާއާއި އަތޮޅު ތަޢުލީމީ […]

އައިޑީކާޑުގެ ޚިދުމަތް އދ.އަތޮޅުގައި ފަށައިފި

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް އދ.އަތޮޅުގައި ފަށައިފިއެވެ. މި ހިދުމަތަކީ މި ކައުންސިލްގެ 2025ވަނަ އަހަރުގެ މަސައްކަތު ތާވަލްގައި ހިމެނި ބަޖެޓް ކުރެވިފައިވާ ކަމެކެވެ. އަރިއަތޮޅު ދެކުނުބުރީ އަތޮޅުކައުންސިލް އިދާރާގައި އައިޑީ ކާޑު ޕްރިންޓިން ސެޓަޕް ތައްޔާރުކޮށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން އާއި އަރިއަތޮޅު ދެކުނުބުރީ އަތޮޅުކައުންސިލާއި ދެމެދު ” ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޚިދުމަތް ދިނުމާގުޅޭ އެއަބަސްވުން” ގައި ވަނީ ސޮއި ކުރެވިފައެވެ. މި ޚިދުމަތް ފެށުމުގެ ގޮތުން މި […]