އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ

އދ. އަތޮޅު ކައުންސިލް

އދ. އަތޮޅު

އަތޮޅަށް ނަޒަރަކުން

އދ. އަތޮޅުގެ ތަޢާރަފް

އދ. އަތޮޅު (ދެކުނު އަރި އަތޮޅު) އަކީ ރާއްޖޭގެ ޖަޒީރާގެ ޖަވާހިރެކެވެ. އަޖައިބުވާފަދަ މަންޒަރުތަކާއި ދިރުމުން ފުރިފައިވާ މުރަކަތަކާއި ، ސާފު ގޮނޑުދޮށް ތަކާއި، ބިއްލޫރިކޮޅެއްކަހަލަ ސާފު ނޫ މޫދުތަކެއް ލިބިފައިވާ އަތޮޅެކެވެ.

ރިސޯޓް ތަކާ ޕިކްނިކް ރަށްތައް

އަޅުގަނޑުމެންގެ ދުނިޔޭގެ ފެންވަރުގެ ރިސޯޓްތަކުގެ ލަގްޒަރީ ބަލާލަން ނުވަތަ ސިކުނޑި ތާޒާކޮށްލުމަށް އަޅުގަނޑުމެންގެ ކަނޑައެޅިފައިވާ ޕިކްނިކް އައިލެންޑްތަކުގައި މަޖާކޮށްލާށެވެ.

އެއާޕޯޓް އަދި ޓްރެވަލް

އަޅުގަނޑުމެންގެ އެއާޕޯޓް މެދުވެރިކޮށް އދ. އަތޮޅަކީ ފަސޭހައިން ދަތުރުކުރެވޭނެ ތަނެއްކަމުން، މި ޓްރޮޕިކަލް ހެވަންއަށް ކުރާ ދަތުރަށް ލުއިކަމެއް ލިބިގެންދެއެވެ.

ފޮޓޯ ގެލެރީ

ހަރަކާތްތަކާއި ހިދުމަތްތައް

އަޕްޑޭޓްސް

އެންމެ ފަހުގެ ޚަބަރުތައް

ހުރިހާ ޚަބަރެއް
ސަލްފް ރިޙްލާ 2025 މި އަތޮޅުގައި ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސް ނިންމާލާއިފި
16/11/2026
ރަސްމިއްޔާތު

ސަލްފް ރިޙްލާ 2025 މި އަތޮޅުގައި ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސް ނިންމާލާއިފި

ސަލަފް ރިޙްލާ 2025 އަކީ ޖަމްޢިއްޔަތުއްސަލަފާއި މިކައުންސިލާއި ގުޅިގެން މި އަތޮޅުގެ ހުރިހާ ރަށު ކައުންސިލްތަކެއްގެ ބައިވެރިވުމާއެކު އަތޮޅު ރައްޔިތުންގެ އެއްބައިވަންތަކަމާއި ދީނީ ހޭލުންތެރިކަމާއި ޞިއްޙީ ދުޅަހެޔޮކަމާއި، ފަންނުވެރިކަން އިތުރުކުރުމުގެ މަތިވެރި މަޤްސަދުގައި ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ އޮކްޓޯބަރު 30 އިން ނޮވެންބަރު 3 ގެ ނިޔަލަށް މި އަތޮޅު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައެވެ. ސަލަފް ރިޙްލާ 2025 ހިމެނޭ ޕްރޮގްރާމްތަކުން މި އިދާރާގެ 2025 ވަނަ އަހަރުގެ މަސައްކަތު ތާވަލުގައި ހިމެނޭ މުހިއްމު ކަންކަން ވަނީ ހާސިލުވެފައެވެ.

އިތުރަށް ކިޔާލުމަށް
“ސަލަފް ރިޙްލާ 2025” އދ. އަތޮޅުގައި ބޭއްވުމުގެ ފަހުމުނާމާގައި ސޮއިކުރައްވައިފި
01/10/2026
އެއްބަސްވުން

“ސަލަފް ރިޙްލާ 2025” އދ. އަތޮޅުގައި ބޭއްވުމުގެ ފަހުމުނާމާގައި ސޮއިކުރައްވައިފި

ސަލަފް ރިޙްލާ 2025 އަރިއަތޮޅު ދެކުނުބުރީގައި ބޭއްވުމަށް އދ. އަތޮޅު ކައުންސިލާއި ޖަމުޢިއްޔަތުއްސަލަފާ ދެމެދު ފަހުމުނާމާގައި މިއަދު (01 އޮކްޓޯބަރު 2025) ގައި ސޮއިކުރައްވައިފިއެވެ. މި ފަހުމުނާމާ އަކީ އަރިއަތޮޅު ދެކުނުބުރީގައި އަތޮޅުގެ އެއްބައިވަންތަކަމާއި ދީނީ ހޭލުންތެރިކަމާއި އަދި ފަންނުވެރިކަން ކުރިއަރުވާ އިތުރުކުރުމަށް ކުރިޔަށް ގެންދަން ޤަސްދުކޮށްފައިވާ ސަލަފް ރިޙްލާ 2025، އދ. އަތޮޅުގެ ރަށްތަކުގައި ބޭއްވުމުގެ މަތިވެރި މަޤްޞަދުގައި ސޮއިކުރައްވާފައިވާ ފަހުމުނާމާއެކެވެ.

އިތުރަށް ކިޔާލުމަށް
އދ. އަތޮޅު ކައުންސިލް އިދާރާގެ އޮފީސް އިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ އެއްބަސްވުމުގައި ސޮއިކުރައްވައިފި
20/09/2026
އެއްބަސްވުން

އދ. އަތޮޅު ކައުންސިލް އިދާރާގެ އޮފީސް އިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ އެއްބަސްވުމުގައި ސޮއިކުރައްވައިފި

އދ. އަތޮޅު ކައުންސިލް އިދާރާގެ އޮފީސް އިމާރާތުގައި ޖާގައިގެ ދަތިކަން ކުރިމަތިވެފައިވުމުން މި މައްސަލަ ހައްލުކުރުމަށް އޮފީސް އިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ޖާގަ އިތުރު ކުރުމުގެ މަސައްކަތް އދ. މަހިބަދޫ “މެޓްސް” އާ 2025 ސެޕްޓެމްބަރު 18 ވަނަ ދުވަހު ހަވާލު ކުރައްވައިފިއެވެ.

އިތުރަށް ކިޔާލުމަށް
ސަރަހައްދު

އދ. އަތޮޅު، ދިވެހިރާއްޖެ