އދ. އަތޮޅު ތަޢުލީމީ މަރުކަޒަށް ޓީޗާރސް ވާރކްސްޓޭޝަން ހަދިޔާކޮށްފި

މިކައުންސިލްގެ ފަރާތުން ކުރިޔަށްގެންދާ އދ. އަތޮޅުގެ ސްކޫލްތަކުގައި ތިމާވެށްޓާއި ރައްޓެހި ހަކަތަ ބޭނުންކުރުމުގެ މަޝްރޫޢުގެދަށުން އދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ޤާއިމް ކޮށްފައިވާ ތިމާވެއްޓާއި ރައްޓެހި ހަކަތައިގެ ޕްރޮޖެކްޓަށް  2023 ވަނަ އަހަރު ލިބިފައިވާ ފައިސާއިން އެހީގެ ގޮތުގައި ހޯދުމަށް އެދިލެއްވި ޕްރޮޖެކްޓް ކަމުގައިވާ “ޓީޗާރސް ވާރކްސްޓޭޝަން” ގެ ތަކެތި ޙަވާލުކުރުމުގެ ރަސްމިއްޔާތު 19 ޖޫން 2025 ގެ 11.30 ގައި އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލްގައި ބޭއްވިއެވެ.  މި ރަސްމިއްޔާތުގައި މި އިދާރާއާއި އަތޮޅު ތަޢުލީމީ މަރުކަޒުގެ އިސްވެރިންގެ އިތުރުން މަހިބަދޫގައި ހުރި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.

މި ރަސްމިއްޔާތުގައި ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް މޫސާ ނަދީމްގެ ވާހަކަފުޅުގައި އަތޮޅު ކައުންސިލުން ކުރިޔަށްގެންދާ ތިމާވެށްޓާއި ރައްޓެހި ހަކަތައިގެ މަޝްރޫޢުގެ ދަށުން ލިބުނު އެހީއިން އެމަރުކަޒުން އިޚްތިޔާރުކުރީ އެންމެ ފައިދާހުރި ގޮތުގައި ދިގު މުއްދަތަކަށް ބޭނުން ކުރެވޭނެ ގޮތެވެ. އަދި މީގެ އިތުރުން ސްކޫލްގެ އެކިއެކި ޙަރަކާތްތަކަށް އަތޮޅު ކައުންސިލުން ދެމުން ގެންދާ އެހީތެރިކަން ފާހަގަ ކުރެއްވިއެވެ.

 


 

ފަހުގެ ޚަބަރު