އދ. އަތޮޅު ކައުންސިލްގައި މައިކްރޮސޮފްޓް 365 އަދި ޖެމްސް ވާރކް ސްޕޭސް ޓްރޭނިންގ ޕްރޮގުރާމެއް ހިންގައިފި

އދ. އަތޮޅު ކައުންސިލްގައި މައިކްރޮސޮފްޓް 365 އަދި ޖެމްސް ވާރކް ސްޕޭސް ޓްރޭނިންގ ޕްރޮގުރާމެއް އދ. އަތޮޅު ކައުންސިލް ގެ އިދާރީ މުވައްޒަފުންނަށް ވަނީ ހިންގާފައެވެ. މި ތަމްރީން ޕްރޮގްރާމްގެ މަޤުސަދަކީ މައިކްރޮސޮފްޓް 365 އާއި ޖެމްސް ވާރކް ސްޕޭސް އަށް މުވަޒަފުން އަހުލުވެރިކޮށްދީ، މައިކްރޮސޮފްޓް 365ގެ ފީޗާސްތައް އޮފީސް މާހައުލުގައި އެންމެ ފުރިހަމަގޮތުގައި ބޭނުން ކުރާނެގޮތް އަންގައިދިނުމާއި އަލަށް ރޯލްއައުޓް ކުރަމުންދާ ޖެމްސް ވާރކްސްޕޭސް އަށް ކައުންސިލްގެ މުވައްޒަފުންގެ އަހުލުވެރި ކުރުމެވެ.

5 ދުވަހުގެ މުއްދަތަށް އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލް ޖަލްސާ ކުރާ މާލަމުގައި ކުރިއަށް ގެންދިޔަ މިތަމްރީނު ޕްރޮގްރާމުގައި އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގެ ޖުމުލަ 20 މުވައްޒަފުން ތަމްރީން ފުރިހަމަކޮށްފައިވެއެވެ.

މި ތަމްރީން ޕްރޮގްރާމްގައި ހިމެނުނު ސެޝަންތައް ނަންގަވައިދެއްވީ މި ކައުންސިލްގެ މުވައްޒަފުންކަމުގައިވާ އެސިސްޓެންޓް ކައުންސިލް އެކްޒެކެޓިވް މޫސާ ސިރާތު އާއި ކައުންސިލް އޮފިސަރ ހައްވާ ނާހިލް ހަސަން އެވެ.

 


 

ފަހުގެ ޚަބަރު